ކޮވިޑް-19 އަަށް އިތުރު 9 މީހުން ޕޮޒިޓިވްވެ، 36 މީހަކު ރަނގަޅު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ 7 ދިވެހިންނާއި ބަންގްދަލޭޝްގެ ދެ މީހުން ކަމަށެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1850 އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 644 އަށް އަރާފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ކޭސް ނަންބަރަކީ 1464 އެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ. އޭނާގެ ކޭސް ނަންބަރަކީ 1547 އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1850 ކޭސް ފެނިފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 644 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދިނުމަށް ނިންމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު ވަނީ ދަންމާފައެވެ.