ތިލަފުށީގައި ހިނގި ހަމަނުޖެހުމުގައި 7 މީހަކު ހައްޔަރުކޮށް 126 މީހަކު ދޫކޮށްލައިފިއެވެ.

ތިލަފުށީގައި ހިނގި ހަމަނުޖެހުމުގައި 7 މީހަކު ހައްޔަރުކޮށް 126 މީހަކު ދޫކޮށްލާފައިވާއިރު، މި ހަމަނުޖެހުމާ ގުޅިގެން ކުރިން 133 ބިދޭސީއަކު ވަމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހަމަނުޖެހުން ހިނގާފައި ވަނީ ފުލުހުންނާއި ބިދޭސީންނާ ދެމެދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުން ބުނީ، މިހާދިސާގައި 2 ފުލުހަކަށް އަނިޔާ ވެފައި ވާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ތިލަފުށީގައި ތިބި ބިދޭސީންގެ ތެރޭގައި ހުރި އިންޑިއާ ރައްޔިތަކު ދިވެހި ފުލުހެއްގެ ގައިގާ ޖެހުމުގެ ސަބަބުންނެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައި ނުވާ އިރު، މިހާރު އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފި ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީން ދިއިރުޅޭތަނަކަށް ވުމުގެ އިތުރުން ކޮވިޑާ ގުޅިގެންވެސް ގިނަ އަދަދެއްގެ ބަޔަކު ތިލަފުށީގައި އެކަހެރިކޮށްފައި ވެސް އެބަ ތިއްބެއެވެ.

މިއަދު ތިލަފުށީގައި ހަމަ ނުޖެހުން ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު ރާއްޖެގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު 120،000 އަށް އަރައެވެ.