ރ. މަޑުއްވްރީ މަސްދޯންޏަކުން ފީނަން ފޭބި މީހަކު ކަނޑުވެފައި ވަނިކޮށް އެހެން ދޯންޏަކުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ރ. މަހިދޫ ކައިރިން ކަނޑުމަތިން މީހަކު ފެނިގެން ހުރާ ދޯންޏަކަށް ނަގާފައިވާ ކަމަށް މިއަދު އިރުއޮއްސި 6 ޖަހަނިކޮށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި މަޑުއްވަރީ ރައްޔިތުންނާ ގުޅިގެން ޑިންގީއެއްގައި ގޮސް އެ މީހާ ނަގާ، މަޑުއްވަރީ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ އެއް ގަޑިއިރު އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިހާތަނަށް ބެލި ބެލުމުން އެ މީހާ އަކީ މަޑުއްވަރީން މަހަށް ނުކުމެ އުޅުނު ދޯންޏަކުން ފީނަން ފޭބި މީހެއްކަން އިނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާއިރު މިދިޔަ އަހަރު ފަހުކޮޅު މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.