ރާއްޖެއިން ކޮވިޑް ޖެހި 6 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ ބަންގްލަދޭޝްގެ ފިރެހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށާއި އެއީ އުމުރުން 54 އަހަރުގެ މީހެއް ކަމަށް އެޗްޕީއޭން ބުނެއެވެ.

އަދި އޭނާ މަރުވީ ޓްރީޓޮޕް ހޮސްިޕޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

އެ މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ އަދަދު ޖުމްލަ 6 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1773 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 563 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 974 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 186 އަދި ލަންކާގެ ނުވަ މީހަކާއި ނޭޕާލްގެ 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.