މިހާތަނަށް ކަސްޓަމްސުން ޕޮޒިޓިވްވީ 2 މީހުން ކަމަށާއި ޖުމްލަ އައިސޮލޭޓް ކުރި މީހުންގެ އަދަދަކީ 80 ކަމަށް ކަސްޓަމްސުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވަރިއަކު ކުރި ސުވާލަަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމަސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިހާތަނަށް ކިސްޓަމްސަގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ ދެ މީހުންވެސް ވަނީ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކި މަރުހަލާތަކުގައި 50 ވަރަކަށް މުވައްޒަފުން އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ބައިތިއްބަން ޖެހުނު ކަމަށެވެ. އެގޮތުން މިހާރުވެސް 30 ވަރަކަށް މުވައްޒަފުން ތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފުރަތަމަ ކޮވިޑް ރާއްޖެއިން ފެނި ރާއްޖެއަށް ދިވެހިން ގެނާއި ދިވެހިންނާ ކޮންޓެކްޓް ވެގެން އެއާޕޯޓުގެ އެއް ޝިފްޓެއްގައި އެ ދުވަހު ނުކުމެ ތިބި 17 ވަރަކަށް އޮފިސަރުން ގޭގައި މަޑުކުރަން ޖެހުނު ކަމަށެވެ.
ހަމަ އެއާއކު ޝަރީފް ވަނީ އެންއީއޯސީއާ ގުޅިގެން ކަސްޓަމްސް ޓީމުން ޑިސްއިންފެކްޓް ކުރުމަށް ނިކުތްތާ މަހެއްވުރެ ގިނަ ދުވަސްވެފައިވާ ކަން ފާހަގަ ކުރައްވާަ އެ ފަރަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.