ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައިވާ މީހުންގެ ތެރެއިން 119 މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބޭރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 119 މީހުން ދޫކޮށްލާފައި ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ހެދި ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

މިއަދި 119 ފަރާތެއް ކަރަްނޓިން ފެސިލިތިތަކުން ދޫކޮށްލާފައިވާ އިރު، ކަރަންޓިން ފެސިލިޓީތަކުގައި ތިބި އިތުރު 98 ފަރާތެއްގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދާ ހަމައަށް އައި އިރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 1478 އަދި އައިސޮލޭޗަން ފެސިލިތިގައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 1291 އެވެ. އަދި ޓްރާންސިޓް ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 2617 އެވެ.

ކޮވިޑް 19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވާ މިހުންގެ އަދަދު ވަނީ 1633 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1396 އަށް ތިރިވެފައެވެ. އެގޮތުން ބަލިން ރަނަގަލު ވި މީހުންގެ އަދަދު ވަނީ 401 އަށް އަރާފައެވެ.