ރާއްޖެއިން އިތުރު 42 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރު 42 މީހަކާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1633 އަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝަގެ 28 މީހަކާއި އިންޑިއާގެ 13 މީހެއްގެ އިތުރުން ދިވެއްސެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ރަނގަޅުވެފައިވާއިރު، ކޮވިޑް ޖެހި މިހާތަނަށް ރާއްޖެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ ލިއިތަކެއް ދީފައެވެ.