ކޮވިޑް-19ގެ ސަބަބުން ލޮކްޑައުން ކޮށްފައިވާ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޫކުރެވޭ "ޑިއުޓީ ޕާމިޓް" ނުވަތަ ވަޒީފާ އަށް އެދޭ ހުއްދަ އަށް ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެއެވެ.

ފުލުހުން މިއަދުގެ 11:40 ހާއިރު ބުނެފައި ވަނީ ޕޮލިސް އޮންލައިން ޕޯޓަލްގެ "ޑިއުޓީ ކެޓަގަރީ" އަށް ދިމާވި މައްސަލަ އަކާ ގުޅިގެން މިއަދު ޑިއުޓީއަށް ދާ ފަރާތްތަކުން "މިސެލޭނިއަސް" ކެޓަގަރީގައި ހުއްދަ ނެގުމަށް ފަހު ދިއުމަށް އެދޭ ކަމަށެވެ.

ނަމަވެސް ފަހުން 11:59 ގައި ފުލުހުން ބުނީ އެ މައްސަލަ ހައްލުވެފައިވާ ކަމަށާއި މިހާރު ވަޒީފާގެ ހުއްދައިގެ ދަށުން ދެވޭނެ ކަމަށެވެ.

ވަކި ހާއްސަ ހުއްދައެއްގެ ދަށުން ޑިއުޓީއަށް ދެވޭއިރު، ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާ، ގޭބިސީއަކުން ތިން މީހަކު ހަފްތާއަކު ބޭރަށް ދިއުމުގެ ހުއްދަ ދޫކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ލުއި ދިނުމަށް ނިންމި ނިންމުމާއެކު، ފުލުހުންގެ ހުއްދައަށް އެދެން ޖެހިފައި މިވަނީ ގޭގެ ކަރަންޓު މީޓަރު ނަންބަރު ފޮނުވައިގެންނެވެ.