ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ރާއްޖެގަޑިން މިއަދު ހެނދުނު 08:00ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ މައުލުމާތަށް ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުން 215 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 6030439 އަށް އަރާފައެވެ. މީގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 3004369 ކޭހެކެވެ.
އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކޮށްފައިވާ ގައުމުތައް
- އެމެރިކާ: 1793530 ޖުމުލަ ކޭސް | 1169419 އެކްޓިވް ކޭސް
- ބްރެޒީލް: 468338 ޖުމުލަ ކޭސް | 247213 އެކްޓިވް ކޭސް
- ރަޝިޔާ: 387623 ޖުމުލަ ކޭސް | 223992 އެކްޓިވް ކޭސް
- ސްޕެއިން: 285644 ޖުމުލަ ކޭސް | 61565 އެކްޓިވް ކޭސް
އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވާ ކޭސްތަކުގެ ތެރެއިން 53734 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދަށް ބަލާއިރު މިވަގުތާ ހިސާބަށްވެސް ބައެއް ގައުމުތަކުންވަނީ ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައެވެ.
- ޗައިނާ: 4 ކޭސް
- ހައިޓީ: 141 ކޭސް
- ބޮލީވިއާ: 344 ކޭސް | 7 މަރު
- ގުއާޓެމާލާ: 259 ކޭސް | 10 މަރު
- ޖަމައިކާ: 6 ކޭސް
- ދެކުނު ކޮރެއާ: 39 ކޭސް
- ވިއެޓްނާމް: 1 ކޭސް
- މެކްސިކޯ: 3227 ކޭސް | 371 މަރު
ކޮވިޑް-19އަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާއިރު ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މި ހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވާ ކޭސްތަކަށް ބަލާއިރު، 98 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ.
ކޮވިޑް-19ގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން 366809 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.