ބުދަ ދުވަހުގެ ކުރިއަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ބްރެޒީލްއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން 1086 މީހެއްގެ ފުރާޏަ ގެއްލިފައިވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފިއެވެ.

ހަމަ މި މުހުލަތުގެ ތެރޭގައި އިތުރު 20599 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރެކޯޑްކޮށްފައިވާކަމަށްވެސް ބްރެޒީލްގެ ސިއްހަތާ ބެހޭ ވުޒާރާއިން ޚަބަރު ދެއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބްރެޒީލްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 414661 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 222317 ކޭހެއް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރެއިން 8318 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. މުޅި ބްރެޒީލްއަށް ބަލާއިރު އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 4104 ޓެސްޓް ވަނީ ހަދާފައެވެ.