ގާނޫނު އިސްލާހު ކުރުން ލަސްވެ، ވަގުތު ކުޑަތަންވީ މަޖިލީހުގެ ނުކުޅުދުންތެރިކަމުން ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިރޭގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން މެންބަރު އިސްމާއިލް ވަނީ މަޖިލީހުގެ ގާބިލު ކަމާ މެދު ސުވާލު އުފައްދަވާ ފާޑު ވިދާޅުވެފައެވެ. އެގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ކަން ފާހަގަ ކުރައްވާ އޭނާ ވަނީ، މި ގާނޫނު އެޖެންޑާ ކުރުމަށް ފަހު ގެއްލިގެން އުޅޭތީ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިއަދު މި ހާލަތަށް އައިސްފައި ވަނީ ރޭވުންތެރިކަމެއް ނެތުމާއި މަޖިލީހުގައި އޮންނަން ޖެހޭ ގުޅުން ނެތުމުގެ ސަބަބުން ކަމަށެވެ.
އިސްމާއިލް ވަނީ މި ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮރުން މަޖިލީހަށް ލިބިފައިވާ ފުރިހަމަ ބާރުގެ ތެރެއަށް ސުޕްރީމް ކޯތު ވައްދަން ހެޔޮ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުން ވަނީ މީގެ ކުރިން ވެސް 2013 އަދި 2017 ގައި ސުޕްރީމް ކޯޓުން މި ސަކަރާތް ޖެހި ވާހަކަ ދައްކާފައިވާ ކަމަށާއި އެ އަށް ޖޯކު ޖެއްސެވީ މަޖިލީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނު ހަދާނީ ވެސް އިސްލާހު ގެންނާނީ ވެސް މަޖިލީހުން ކަމަށް ނިންމީ މަޖިލީސް މެންބަރުން ކަމަށާއި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމާ ދެކޮޅު ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާ ނިންމުމަށް އިހްތިރާމްކުރައްވާ ކަމަށް ވިދާޅުވެ، އިސްލާމް ދީނާ ހިލާފު ނުވާ ޕީޖީ ގްރޫޕްގެ ކޮންމެ ނިންމުމަކަށް ވޯޓު ދެއްވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
ބަހުސް ކުރައްވަމުން މެންބަރު އިސްމާއިލް ވިދާޅުވީ، މަޖިލީހުގެ ކަންކަން މިހާރު ދާގޮތް ހިތްގައިމު ނޫން ކަމަށެވެ. އަދި މި ކާރިސާއާ ގުޅިގެން އޮންލައިންކޮށް މަޖިލީސް ޖަލްސާތައް ބޭއްވޭނެ ގަވާއިދެއް ހެދިގެން އެކަން ކުރަމުން ގެންދިޔަތަން ފެނިގެން ދިޔަ ނަމަވެސް އަނެއްކާވެސް ވަނދެ އައިސް ތިބީ މަޖިލީހަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެ ގަވާއިދު އެއްކޮޅުން އަނެއް ކޮޅަށް ކީ އިރުވެސް ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނޭ ބުނާ މާއްދާއެއް ނުވަތަ ހަމައެކަނި އާންމު ގާނޫނުތަކާއި ގަވާއިދުތަކާއި ރިޕޯޓްތައް ފާސް ކުރެވޭ ގޮތަށް ޖަލްސާތައް ބޭއްވޭ ގޮތަށް ހަދާފައި އޮތް މާއްދާއެއް ނުފެން ކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ.
މަޖިލީހުގެ އަމާޒު ސާފުކޮށްދެއްވުމަށް އެދިލައްވަމުން އޭވާ ވަނީ ފަހަތަށް ބުރަވެ، ރައްޔިތުންނަށް އެދެވޭ ހައްލެއް ހޯދޭ ތަނެއް ނުފެން ކަން ފާހަގަ ކުރައްވާފައެވެ. އަދި މިއަދު ވަގުތު ކުޑަތަން ވެފައިވާއިރު، ޖޫން މަހުގެ 2 ވަނަ ދުވަހަކީ ކައުންސިލްތަކުގެ މުއްދަތު ހަމަވާ ދުވަސް ކަމަށާއި، ދެ މަސްދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނެހެދިގެން މިއުޅޭތީ އިސްމާއިލް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އަދި މަޖިލީހުގެ ރޭވުންތެރިކަން އިތުރަށް ކުރިއަރާ ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަބޫލު ކުރަންވީ ހަގީގަތަކީ ކޮންމެ ކުޅި އެއްޗަކީ މިރުހެއް ނޫން ކަމަށާއި މިރުސް ނޫން އެހެން އެއްޗެހީގަވެސް ކުޅިރަހަލާ ކަމަށެވެ. އެގޮތުން ކޮންމެ ކުއްލި ހާލަތަކީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެކޭ ކިޔާ ބަހަނާ ދެއްކޭކަށް ނޯންނާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ، މިއަދު ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތަކީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކުއްލި ހާލަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ދެ ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭއިރު، އެއް ގޮތަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔާތުން ރައީސް އަށް ގާނޫނުއަސާސީން ދީފައިވާ ދުސްތޫރީބާރުގެ ދަށުން، ރައީސް އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓާ އޮފް ހެލްތު އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތެވެ. މިހާރުމިއޮތީ މިނިސްޓަރު އިއުލާނު ކުރައްވާފައިވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތެވެ.
މިސްޓަރ ހުދުކާފޫރު އަށް ނުބެހީ. ހި ތޯޓް ހިއިސް ޕީއެމް އޮފް މްލްޑިވިސް . ލޮލް
ބޮޑުވަޒީރު ހިތުގައިޖެހި ލައްގަނޑެއް ނުފިލާނެ
ތިޔަ ބެހެބުނީ ބޮޑުވަޒީރާ، ގާނޫނު އޮންނާނީ ބޮޑުވަޒީރުގެ އަނގަފުޅުތެރޭ