ލ. ގަމުގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ގެއަކަށް ވަދެ އަންހެނަކާ ގަދަކަމުން ބަދު އަހުލާގީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ އެކަން ހިނގީ މި މަހުގެ 24ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލާގައި މަސްތުގެ ހާލަތުގައި ހުރި މީހާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގާފައި ވަނީ 20 އަހަރުގެ އަންހެނަކާއެވެ. ފުލުހުން ބުނީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.
އެ މައްސަލާގައި 28 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
24 ގައި ކަންހިގޫ. ހައްޔަރު ކެރެވުނީ 26 ގޫ. ބޮޑު ޕޮލިސް ހެޓްކްކް ކްއާޓަސް އެއްވެސް ހުންނަ ރަށެއް. މީހާ ހުރީ އެތަނުގެ ކުރިމަތީ ސިގެރެޓް ބޯލަ ބޯލާ. އަޅު ފުލުހުން ފާސްޓެއް ނޫންތަ. ރާބޮއިގެން ވެއްޖިއްޔާ އޯ ކޭ ވަނީތަ. އެތަނުގެ ވެރިޔާގެ ބުއިން ބޯތީވެ