މާސްކް އަޅައި އިޖުތިމާއީ ގައިދުރުކަމާއެކު މަޖިލީހުގެ ޖަލްސާ ފަށައިފިއެވެ.

ކޮވިޑް-19އާ ގުޅޮގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރު ކުރުކަން ބެހެއްޓުމަށް މޭޒެއްގައި ވެސް އެއް މެމްބަރު އިންނަވާއިރު ބާކީ މެމްބަރުން ތިއްބެވީ ވަކިން ގައިދުރު ކަމާ އެކު ގޮނޑިތަކުގައެވެ. ކޮންމެ މެންބަރެއްގެ ދޭތެރޭ މަދުވެގެން ދެ މޭޒު ދޫކޮށްފައި ވެއެވެ.

މަޖިލީހުގައި މެންބަރުންނާއި ރިޔާސަތު އަދި އިދާރީ ފަރާތްތައް މާސްކް އަޅުއްވައިގެން ތިއްބެވި ނަމަވެސް މާސްކު އަޅުއްވައިގެން ވާހަކަ ދައްކަވަން އުނދަގޫކަން މެންބަރުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި އިޖުތިމާއީ ގައިދުރުކަމާއެކު މާސްކް އަޅުއްވައިގެން

މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުން ދަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާ، އަންނަ މަހު 2 ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރާ ގުޅިގެން ގާނޫނު އަސާސީ އަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ ބަހުސް ކުރާށެވެ.