ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ޖުމްލަ 1371 އަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލުގެ 6 މީހެކެވެ.

ހިނގަމުން މިދާ ހަފްތާގައި ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް އެވްރެޖްކޮށް މަތީގައި ހުރި އިރު މި ހަފްތާ ނިމި ފެށޭ ހަފްތާއަކީ ރާއްޖޭގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު އިއްތިހާއަށް މައްޗަށް ދާނެކަމަށް އަންދާޒާ ކޮށްފައި އޮތް ހަފްތާއެވެ. ނަމަވެސް މިހާރު ސަރުކާރުން ބުނަމުން ދަނީ، ޕޮޒިޓިވް ވާ ނިސްބަތް ހުރީ އެ އައަންދާޒާ އާ އެއްގޮތަށް ނޫން ކަމަށާއި، ނަމަވެސް މިހާރު ޕޮޒިޓިވް ވަމުން ދާ އަދަދު ތަކަކީ އެވްރެޖެއް ކަމަށެވެ.

ހިނގަމުން މިދާ ހަފްތާގައި ޕޮޒިޓިވް ވެފައިވާ މީހުންގެ ނިސްބަތް ހުރީ 30 އާއި 50 އާ ދެމެދުގައެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވް ވާއިރު މާލޭގައި ބިދޭސީން ދިރިއުޅޭ ބައެއް ތަންތާނގައި އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން ޓެސްޓް ނުކޮށް އެބަ ތިއްބެއެވެ. މި މީހުން ޓެސްޓް ނުކޮށް ތިބެނީ ކީއްވެތޯ އެންއީއޯސީގައި އެހުމުން އަދި ޖަވާބެއް ދީފައި ނުވާއިރު، މިގޮތަށް ޓެސްޓް ނުކޮށް ގިނަ ބަޔަކު ތިބި ބައެއް ތަންތަނަކީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފައިވާ ތަންތަނެވެ.