ރާއްޖެއަށް ދިމާވި ކޮވިޑްގެ ހާލަތާ ގުޅިގެން މާލެ ލޮކްޑައުންކޮށް ސްކޫލުތައް ބަންދު ކުރަން ޖެހުމުން ހިންގަމުން ގެންދިޔަ ޓެލެކިލާސްތައް މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަލުން ފަށަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް މާދަމާގެ ކްލާސްތައް ނަގައިދޭނެ ކަމަށެވެ. ދިވެހިބަހުގެ އަކުރު ފިލާފަޅު ނަގައިދޭ ފައުންޑޭޝަން ޕްރޮގްރާމް މާދަމާ ދައްކާނީ ދިވެހި ޗެނަލުން ހަވީރު 5 އިން 530 އަށެވެ.

ގްރޭޑް 3، 5، 7، 8، 9، 10، 11، 12 އަށް ނަގައިދޭ ފިލާވަޅުތައް ދައްކާނީ މާދަމާ ޔޭސް ޓީވީއިންނެވެ.

މާދަމާ ފަށާ ޓެލެކިލާސްގެ ޓައިމްޓޭބަލް

ޓެލެކިލާސްތައް މެދުކަނޑާލީ ހުސްވި އޭޕްރީލް 16 ވަނަ ދުވަހުއެވެ. އެދުވަހު ކިލާސްތައް މެދުކަނޑާލި ނަމަވެސް އެޑިއުކޭޝަނުން ބުނެފައިވަނީ މިހާތަނަށް ގެނެސްދީފައިވާ ހުރިހާ ފިލާވަޅުތަކެއް "ފިލާ ޕޯޓަލް" އިން ޑިޖިޓަލް ކޮށް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ދިމާވި ކޮވިޑްގެ ހާލަތާ ގުޅިގެން މިހާރު އޮތް ލޮކްޑައުންނަށް ލުއިދީ، މަޝްވަރާ ކުރަނީ ޖޫން 14 ހިސާބުގައި ސްކޫލުތައް ހުޅުވުމަށެވެ.