ރާއްޖެއިން ކޮވިޑް-19 ޖެހި ފަރުވާ ދެމުންދިޔަ އިތުރު 13 މީހަކު ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިްނ ބުނެފއިެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 104 މީހުން ވަނީ ބަލިން ރަނގަޅުވެފައި ކަމަށެވެ. ނަމަވެސް މިއަދު ރަނގަޅުވީ ކޮން ކްލަސްޓާއަކާ ގުޅުން ހުރި ބައެއް ކަމެމް މަބްރޫކު ހާމައެއް ނުކުރައްވައެވެ.

ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅު ވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ދެބައި އުމުރުން މަތީ މީހުންވެސް ހިމެނެއެވެ.

ރާއްޖެއިން މިހާތަކަށް 1216 މީހަކަށް ވަނީ ކޮވިޑު ޖެހިފައެވެ. އަދި މިވަގުތު 1106 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް ޖެހޭ މިޙުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިއަދު އެކަނިވެސް 21 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.