ބެންކޮކުން ރާއްޖެއަށް 7.5 ޓަނުގެ މުދާ ގެނެސްފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ފްލައިޓެއްގައި މިރޭ 7835 ކިލޯގަރާމްގެ މުދާ ބެންކޮކުން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މި ކާގޯ ޝިޕްމެންޓް ގެނެސްފައި ވާއިރު މޯލްޑިވިއަނުން ބުނީ އެ ކުންފުނިން މި ހާލަތިގައިވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކުން ރާއްޖެއަށް އެހީވުމަށް ދީފައިވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނުވެސް ރާއްޖެ ގެނެސްދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަށް ގައުމަށް ފޮނުވުމާއި ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި ވަނީ އެހީތެރިވެދީފައެވެ.