މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލުމާތަށް ބަލާއިރު ކޮވިޑް-19އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވަނީ 1.5 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާއިންނެވެ.
އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރި ގައުމުތައް
- އެމެރިކާ: 1572114 ޖުމުލަ ކޭސް | 93594 މަރު
- ރަޝިޔާ: 308705 ޖުމުލަ ކޭސް | 2972 މަރު
- ސްޕެއިން: 278803 ޖުމުލަ ކޭސް | 2778 މަރު
- ބްރެޒިލް: 271885 ޖުމުލަ ކޭސް | 17983 މަރު
- އިނގިރޭސިވިލާތް: 248818 ޖުމުލަ ކޭސް | 35341 މަރު
ބަލިޖެހުނު މީހުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2711532 ކޭހެވެ. މީގެ ތެރެއިން 45468 މީހުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. މި ބަލީގައި 325556 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19އަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް އަދި ހޯދިފައި ނުވާއިރު، މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 1.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޝިފާ ލިބި، ރަނގަޅުވެފައެވެ.