ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ޕޮޒިޓިވް ވެފައި ވަނީ 18 ދިވެހިންނާއި 40 ބިދޭސީން ކަމަށެވެ.

ބިދޭސީންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ 39 މީހަކާއި އިންޑިއާ މީހެކެވެ.

މި އަދަދާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1274 މީހުންނަށް އިތުރު ވެފައެވެ. އަދި މިވަގުތު 1164 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު މިހާރު ވަނީ ޖުމްލަ 104 މީހުންނަށް އިތުރުވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.