ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

އެޗްޕީއޭގެ ވެބްސައިޓުގައިވާ ގޮތުން މި ހަ މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 80 އަށް އަރާފައެވެ.

އެއީ އިއްޔެ ރަނގަޅުވި 2 މީހުންނާއި 17 ވަނަ ދުވަހު ރަނަގަޅުވި 16 މީހަކާ އެކުއެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭން ވަނީ ރާއްޖެއިން 74 މީހަކު ރަނގަޅުވެފައި ވާކަން އިއުލާން ކޮށްފައެވެ. އޭގެ ފަހުން ރަނގަޅުވެފައި އެ ވަނީ ފަސް މީހުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1106 އަށް ވަނީ އަރާފައެވެ. 80 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، 13 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް މިއޮތް ދެތިން ހަފުތާގެ ތެރޭގައި ޕީކެއް އައިސް މާލޭގައި ކޮވިޑް-19 ގެ ބަލީގެ ހާލަތު މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭން ބުނެއެވެ