ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި ތިން މީހުންގެ ތެރެއިން ދެ މީހަކު އަދިވެސް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ހޯދަމުންދާ ތިން ބިދޭސީ މީހުންގެ ތެރެއިން އެކަކު ފަހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދެ މީހަކު ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އަދި އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ވަނަވަރު ހާމަކުރާނެ ކަމަށް ވެސް ކުރިން މަބުރޫކް ވިދާޅުވިއެވެ.
ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފަށާ، އެޗްޕީއޭއިން ހާމަކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ގެއްލިގެންކަމަށް ސުރުޚީގައި އޮތީމަ ހީވަނީ މީހަކުބާއްވާފަ އޮތްއެއްޗެއް ގެއްލިގެން އުޅެނީހެން ބަލަ އެއުޅެނީ ފިލައިގެން މި ދިވެހިގައުމަށް ޖެހިފައޮތް މިބަލާވެރިކަން މިޖާހިލުތަންދޮރުވަކިނުވާ މީހުންގެކިބައިން ސަލާމަތްވެވިގެން އެހެންކަމަކާއުޅެވެން އޮތީ ގަވާއިދާޚިލާފަށް އެއްވެސްބަޔަކަށް އުޅުމުގެ ފުރުޞަތުދީގެން ނުވާން