ވިޔަފާރި ކުރުމަށް ބޭރަށް ދިއުމަށް ކޮންމެ ގެއަކުން އެކަކު ހަމަޖެއްސުމަށް އެދިއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވިޔަފާރީ ކުރުމަށް ބޭރަށް ދިއުމަށް އަބަދު ވެސް އެކަކު ބެހެއްޓުން މިހާރު އާދައަކަށް ހަދަން ވެއްޖެ ކަމަށެވެ.
އަދި އެ ދާފަރާތް ސައިބޯނި ލައިގެން އަތް ދޮވެ ހަދަން ވާނެ ކަމަށާއި މަދުވެގެން އަބަދު ވެސް ހަފުތާއަކަށް ވާވަރަށް އެއްޗެހި ގަނެފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށް ޑރ ވިދާޅުވިއެވެ.
ވިޔަފާރި ކުރުމަށް ބޭރަށް ދާން ކޮންމެ ގެއަކުން އެކަކު ހަމަޖެއްސުމަށް އެދިފައިވާއިރު، ނިއު ނޯމަލް ނުވަތަ ދިރިއުޅުމުގެ އާ ވައްޓްފާޅި އަށް މާލެ ތައްޔަރު ވުމުގެ ގޮތުން އާންމު ތަންތަނުގައި ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން މާލޭގެ މަގުތަކުގައި ޖަހާ ފާހަގަ ތަކެއް އިއްޔެ ވަނީ ޖަހަންފަށާފައެވެ.
އެގޮތަށް އެ ފާހަގަ ޖަހަން ފަށާފައި ވަނީ އާންމުންގެ ގިނަ ބަޔަކު އެކަކަމަށް އެދެމުން ދާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއެވެ. ފާހަގަ ތައް ޖަހުމުގައި އެންމެ އިސްކަމެއް ދެނީ އާންމުން އެންމެ ގިނައިން އެއްވެ އުޅެ، ޒަރޫރީ ބޭނުންތަކަށް ގޮސް އުޅޭ ތަންތަނުގައި ކަމަށް ޝިފާ ވިދާޅުވިއެވެ. އޭގެ ތެރެއިން މާރްކޭޓް ތަކާއި މޯލްފަދަ ތަންތަން ހިމެނެއެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައިވާއިރު އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައި ވަނީ މަލެއިންނެވެ. މާލެ ލޮކްޑައުންކޮށްފައިވާ ނަމަވެސް ވިޔަފާރީ ކުރުމަށް ހުއްދައެއް ދޫކުރިއެވެ. ނަމަވެސް ފަހުން ވިޔަފާރިކުރުމުގެ ހުއްދަ ފުލުހުން މެދުވެރިކޮށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު މިހާރު ވަނީ ހަފްތާއަކު އެއް ދުވަހު ދެވޭގޮތަށް ބަދަލު ކޮށްފައެވެ.