ރާޢްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

އެމްއޭސީއެލުން ބުނީ އަނބުރާ އެ ގައުމަށް ދާން ބޭނުންވެފައި ތިބި 148 މީހަކު މިއަދު ފުރުވާލާފައިވާ ކަމަށާއި އެ މީހުން ގޮސްފައި ވަނީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށެވެ.

މިއީ ރާއްޖޭގައި ތިބި ތައިލެންޑް މީހުން އަނބުރާ ގައުމަށް ފޮނުވުމަށް ބޭއްވި ތިންވަނަ ފްލައިޓެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ބުނީ ރާއްޖޭގައި ތިބި ތައިލޭންޑުގެ ރައްޔިތުން އެނބުރާ ގައުމަށް ގެންދިއުމަށް އިތުރު ފްލައިޓެއް ބާއްވާނެ ކަމަށާއި މިއަދުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ތިބި ތައިލެންޑު މީހުން ފޮނުވާލާފައި ވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 1500 މީހަކު އިންޑިއާއަށް ވަނީ ފޮނުވާލައި ފައެވެ. އެމީހުން ގެންގޮސްފައި ވަނީ އިންޑިއާގެ މަނަވަރުތަކުގައެވެ. އަދި ރާއްޖޭގައި އުޅޭ ބަންގަލަދޭޝް ގެ މަސައްކަތްތެރިންގެ ތެރެއިން ލިޔެ ކިޔުންތަށް ހަމަ ނުކޮށް ނުގަވައިދުން އުޅޭ ބިދޭސީންވެސް ދަނީ އެ ގައުމަށް ފޮނުވަލަމުނެވެ.