ރޭ 2 ބިދޭސީއަކު މާރާމާރީއެއް ހިންގައި އެގެއްގެ ބޮލަށް ތޫނު އެއްވަކުން ހަމަލާދީ ޒަމަހްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މާރާމާރިއެއް ހިނގައިގެން އުޅޭ ކަމަށް ރޭ 1:54 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މާރާމާރީއާ ގުޅިގެން 2 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މާރާމާރީގައި ތޫނު އެއްޗަކުން ބިދޭސީއެއްގެ ބޮލަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މި މާރާމާރީ ހިނގި ގެއިން ނިކުމެގެން އޭނާ ދަނިކޮށް، އަނބުރައިގަނެގެން މަގުމައްޗަށް ވެއްޓިފައިވާ ކަމަށާއި، އޭނާ ވަނީ ފުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޭ ހިނގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްވެފައި ވާއިރު، މިދިޔަ ފެބްރުއަރީ 9 ވަނަ ދުވަހު ވެސް 2 ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ދެމީހަކު ވަނީ ޒަހަމްވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މާރާމާރީ ހިނގާފައި ވަނީ އިންޑިއާ ދެ މީހެއްގެ ދެމެދުގައި ކަމަށާއި ދެ މީހުންވެސް ވަނީ ޒަހަމްވެފައި ކަމަށެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިނގައެވެ. އަދި ބައެއް ފަހަރު ބިދޭސީން އެކަކު އަނެކަކަށް މަރާލާފައިވެސް އެބަހުއްޓެވެ.