ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 213 ގައުމަކާ ސަރަހައްދަކުން މި ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 303405 އަށް އަރާފައެވެ.
އެންމެ ގިނަ މީހުން މަރުވި ގައުމުތައް
- އެމެރިކާ:1457593 ޖުމުލަ ޕޮޒިޓިވް ކޭސް | 86912 ޖުމުލަ މަރު
- އިނގިރޭސިވިލާތް: 233151 ޖުމުލަ ޕޮޒިޓިވް ކޭސް | 33614 ޖުމުލަ މަރު
- އިޓަލީވިލާތް: 223096 ޖުމުލަ ޕޮޒިޓިވް ކޭސް | 31368 ޖުމުލަ މަރު
- ފަރަންސޭސިވިލާތް: 178870 ޖުމުލަ ޕޮޒިޓިވް ކޭސް | 27425 ޖުމުލަ މަރު
- ސްޕެއިން: 272646 ޖުމުލަ ޕޮޒިޓިވް ކޭސް | 27321 ޖުމުލަ މަރު
ދުނިޔޭގެ އެކި ކަންކޮޅުތަކުން 4.5 މިލިއަނަށްވުރެ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2519177 ކޭހެވެ. މީގެ ތެރެއިން 45560 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ، ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން، 1.7 މިލިއަންނަށްވުރެ ގިނަ މީހުންނަށް ވަނީ ޝިފާ ލިބިފައެވެ.