ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް ޕޭޖް ހެކް ކޮށްފި ކަމަށް ޓޫޒިރަމާއި ޕޮލިހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މިނިސްޓްރީގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް ޕޭޖް ވަނީ ހެކްކޮށްފައި ކަމަށާއި، އެމައްސަލަ މިހާރު ގެންދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރީގެ އެކައުންޓް މިރޭ ހެކް ކޮށްފައި ވާއިރު، ރޭ ވަނީ އެ އެކައުންޓުން ބޭ އަދަބީ ބަހުން ޓްވީޓް ކުރުމަށް ފަހު ޑިލީޓް ކޮށްލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކް ކުރުމަށްފަހު ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓެއް

ޓޫރިޒަމް މިނިސްޓްރީ އަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށް ވެފައި އެ އެކައުންޓަކީ އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓެވެ. އެ ޓްވީޓް ޑިލީޓް ކޮށްފައިވާ ނަމަވެސް، އެ ޓްވީޓުގައި ބޭއަދަބީ ބަސް ހިމެނޭތީ އާންމުންގެ ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

އެ ޓްވީޓާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އެއްޗެއް ބުނެފައި ނުވާއިރު މީގެ ކުރިންވެސް ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް އިން މެންޑޭޓުން ބޭރު ޓްވީޓް ކޮށް ޑިލީޓް ކޮށްފައި ވެއެވެ. އަދި މިހާރު އެ އެކައުންޓް ހެކްކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަމެއް ހިނގާފައި ވާއިރު، ސަރުކާރުގެ އިސް މަގާމު ތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ އަހުލާގީ ފެންވަރު ދަށް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. މި ކަމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަހުލާގީ ފެންވަރާމެދުވެސް ގިނަބަޔަކު ސޯޝަމް މީޑިއާގައި އަންނަނީ ސުވާލު އުފައްދާ ޝަކުވާ ކުރަމުންނެވެ.