ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބްރަިޖް މަތިން ދަތުރު ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެއިން ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމަށް އަޅަފައިވާ ބްރިޖް މިރޭ ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އާ ދެމެދަށް އާންމުންނަށް ދަތުރު ފަތުރު ނުކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މާދަމާއިން ފެށިގެން 8 ގަޑިއިރަށް ހުޅުމާލެ ބްރިޖް މަތިން އާންމުންނަށް ދަތުރު ނުކުޔރެވޭ ގޮތަށް ހަމަަޖއްސާފައި ވަނީ 2 ހަފްތާގެ މުއްދަތަަކަށް ކަމަށް ފުލުހުން ބުނެއެވެ.
އެ ވަގުތު ތަކުގައި ބްރިޖް ހުރަސްކޮށް ދަތުރު ކުރެވޭނީ ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް ފުލުހުން ބުނެއެވެ.
މާލެ ލޮކްޑައުންކޮށް ޣޭގައި މީހުން ތިބުމަށް އިލްތިމާސްކޮށް ވަނީ ޒަރޫރީ ބޭނުންތަަކށް ނުކުންނަން ޖެހިއްޖެ ހާލަތުގައި ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދައިގެން ބޭރަށް ނުކުމެވޭނެ ގޮތް ފަހިކޯށްދީފައެވެ. ނަމަވެސް ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އަދިވެސް ގިނަ އަަދެއްގެ މީހުން ދަނީ ލޮކްޑައުންގެ އަމުރާ ހިލާފުވަމުންނެވެ. އެ ގޮތުން މިހާތަނަށް 207 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުންގެ ހާލަަތަށް ގެނެސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. މިއަދާ ހަމައަށް މާލެ ލޮކްޑައުންގެ ހާލަތަށް ގެނައިތާ މަހެއް ވީރު ލޮކްޑައުންގެ މުއްދަތު ވަނީ މި މަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
މިހާތަނަށް ރާއްޖެިއން މި ބައްޔަށް 968 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލިން 4 މިހާކު މަރުވެފައިވާއިރު 40 މީަކު ވަނީ ބަލިން ރަނގަޅުވެފައެވެ.