ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ޓްވީޓެއް ކުރުމަށް ފަހު އެ ޓްވީޓް ޑިލީޓް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްތްރީގެ އެ ޓްވީޓްގައި ބުނެފައި ވަނީ އިންސާނާގެ ޖިންސީ ގުނަވަނެއް ދެކެ ވަރަށް ބޮޑަށް ހިތާވާ (ލައިކް)ވާ ކަމަށެވެ.

މިރޭ 22:29 ގައި ކުރި އެ ޓްވީޓް މިހާރު ވަނީ ޑިލިޓް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެކައުންޓުން ކޮށްފައިވާ ބޭއަދަބީ ޓުވީޓްގެ ސްކްރީން ޝޮޓެއް

ޓޫރިޒަމް މިނިސްޓްރީ އަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށް ވެފައި އެ އެކައުންޓަކީ އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓެވެ. އެ ޓްވީޓް ޑިލީޓް ކޮށްފައިވާ ނަމަވެސް، އެ ޓްވީޓުގައި ބޭއަދަބީ ބަސް ހިމެނޭތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެ ޓްވީޓާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އެއްޗެއް ބުނެފައި ނުވާއިރު މީގެ ކުރިންވެސް ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް އިން މެންޑޭޓުން ބޭރު ޓްވީޓް ކޮށް ޑިލީޓް ކޮށްފައި ވެއެވެ.

މިފަދަ ކަމެއް ހިނގާފައި ވާއިރު، ސަރުކާރުގެ އިސް މަގާމު ތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ އަހުލާގީ ފެންވަރު ދަށް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. މި ކަމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަހުލާގީ ފެންވަރާމެދުވެސް ގިނަބަޔަކު ސޯޝަމް މީޑިއާގައި އަންނަނީ ސުވާލު އުފައްދާ ޝަކުވާ ކުރަމުންނެވެ.