ހުޅުމާލޭ ޖަލުން 92 އަހަރުގެ ގައިދީއަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުއްހަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައިދީ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ، މަރުވެފައި ވަނީ މީގެ ކުރިންވެސް އެޑްމިޓްކޮށްފައިވާ ބަލި މީހެއް ކަމަށެވެ.

އަދި އޮންނަ ޕްރޮޓޯކޯލްގެ ދަށުން އެކަން ފުލުހުންނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށް ޕްރިޒަންސް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން، މި ބައްޔަށް ހައި ރިސްކް ފަރާތްތަކުގެ ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދަތި ހާލުގައި އުޅޭ ބިދޭސީންގެ ޓެސްޓުތައް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ވެސް ގޮތް ނޭނގޭ ގޮތްގޮތަށް މަރުވާ މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓުކުރެއެވެ.