ނަސޭހަތް ދިނުމުންވެސް އިސްލާހުނުވެ، ކައުންސިލް އަދި ޓާސްކް ފޯސްއަށް ހުރަސްއެޅި މީހަކު އދ. އޮމަދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޮމަދޫ ކައުންސިލް އަދި ޓާސްކަފޯސްގެ ހުއްދަ ނެތި ރަށުން ފުރައިގެން ދާތީ އަނގަބަހުންނާއި ލިޔުމުން ނަސޭހަތް ދިނުމުންވެސް އިސްލާހު ނުވެ، ކައުންސިލް އަދި ޓަސްކް ފޯސްއަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މިރޭ 9:15 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ފަށުން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މާލެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެފަދަ ހާލަތެއްގައި ރަށުން ފޭބޭނީ ކަމާބެހޭ ފަރާތްތަކުގެ ފަރާތުން ލިބެން ޖެހޭ ހުއްދަތައް ލިބިގެންނެވެ. އެއް ރަށުން އަނެއް ރަށަށް ފޭބުން މަނާ ކޮށްފައި ވަނިކޮށް އެތައް ރަށަކަށް މީހުން ވަނީ ހުއްދަ ނެތި އަރާފައެވެ. އެކަމާއި ގުޅިގެން އެތައް ބަޔަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.