ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި، އަނބުރާ އަމިއްލަ ރަށަށް ނުދެވި ތިބި ފަރާތްތަކަށް ސަރުކާރުން ހަރަދު ދިނުމާ ބެހޭ އިސްލާހު ފާހެއް ނުވިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލި، މާލެ އައިސް ދިރިއުޅޭ ރަށަށް ނުދެވިފައި ތިބި މީހުން އެމީހުން މާލޭގައި ތިބޭ މުއްދަތުގައި ހޭދަވާ ހަރަދު ސަރުކާރުން ދިނުމަށް އެދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓަށް އިސްލާހު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

މި ރިޕޯޓަށް ޝިޔާމް ހުށަހެޅުއްވި އެއް އިސްލާހަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ދިނުމާ ބެހޭ އިސްލާހެވެ. ދެވަނަ އިސްލާހަކީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ވަޒީފާ ގެއްލި އަދި ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެމީހުން މާލޭގައި ތިބޭ މުއްދަތުގައި އެމީހުންގެ އަތުން ދާ ހަރަދު ސަރުކާރުން ދިނުމަށް އެދި ހުށަހެޅި އިސްލާހެކެވެ. މި ދެ އިސްލާހުވެސް މަޖިލީހުން ފާސްވެފައި ނުވާ އިރު، އިސްލާހު ބަލައިގަންނަން ވޯޓު ދެއްވި 12 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކޮވިޑް-19އާ ބެހޭގޮތުން ދެކޭގޮތް ކަނޑައަޅައި ތައްޔާރު ކުރި ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އެ ރިޕޯޓަކީ އިންސާނީ ހައްގާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިސްކަން ދިނުމަށް ރިއާޔަތްކޮށް ތައްޔާރު ކޮށްފައި ވާ ތަފްސީލީ ރިޕޯޓެކެވެ.