ލޮކްޑައުންގެ ހާލަތުން އަރައިގަނެގެން ސްކޫލްތައް ހުޅުވާނަމަ ފުލް ޝެޝަނެއް ނުބާއްވައި، އެއްބައި ސްކޫލުގަ އަނެއްބައި ގޭގައި ތިބެގެން ކިޔަވައިދޭ އުސޫލުން ކިޔަވައި ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލިީ ވިދާޅުވެއްޖެއެވެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލަތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަށް ވިސްނެވި ނަމަވެސް މާލެ ސަރަހައްދުގައި ހުރި ސްކޫލާތަކުގެ ކުދިން ވަރަށް ގިނަ ކަމަށާއި މިހާރުވެސް ކިޔަވައިދެނީ ދެ ސެޝަނަށް ކަމަށެވެ. އެހެންކަމުން ސްކޫލަށް ދަރިވަރުން ގެންގޮސްގެން އެއްބައި ކިޔަވައިދީފައި އަނެއްބައި މިހާރު ކިޔަވައިދެމުންދާނީ ޑިސްޓަންސް މޯޑުގައި ކަމަށެވެ.
ލޮކްޑައުންގެ މުއްދަތު ދިގުދެމިގެން ދާނީ ކިހާ މުއްދަތަކަން ވިދާޅުވާން އެނގިވަޑައި ނުގަންނަވާތީ ފަހަރުގައި މި އަހަރު ނިމެންދެން ވެސް ލޮކްޑައުންގައި ތިބެންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ސްކޫލްތަކުގައި ތަމްރީން ވެފައި ތިބި މުދައްރިސުންނަކީ ޑިސްޓަންސް ޓީޗިންއަށް ތަމްރީން ވެފައި ތިބި މުދައްރިސުން ނޫން ކަމަށާއި އެކަމަށް ތައްޔާރުވާ އިރު ޓީޗަރުންވެސް ތަމްރީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއާ ގުޅުން ހުރި ތަމްރީން ތަކާއި މަޝްރޫއުތައް ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ޓާސްކް ފޯސްތަކާ ގުޅިގެން މަޝްވަރާ ކުރެވެމުން ދާ ކަމަށާ މިހާރުގެ ހާލަތު ހުރި ގޮތުން ބައެއް ކަން ކަމަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި ހިތަށް ނާރާ ބައިވަރު ކަންކަން ކުރަން ޖެހިފައި ވާ ކަމަށާއި އެގޮތުން މުދައްރިސުންނަށް ތަމްރީން ދިނުމުގައި ޑިސްޓަންސް މޯޑުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ. އަދި ސްކޫލްތަކުގެ ކައުންސިލަރުންނާއި ހެލްތް އެސިސިސްޓަންޓުންގެ ކެޕޭސިޓީ މަތިކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، އޭރުވެސް ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ގްރޭޑް 7 އިން 12 އާ ދެމެދަށް ހިންގާ ކްލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވީ ނަމަވެސް ރަށްރަށުގެ އެކިއެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް އައުމާ އެކު ހުއްޓާލީ ކަމަށެވެ. އެހެން ގްރޭޑްތަކުގެ ކިޔެވުން މެދުކަނޑަލާފައި ވީ ނަމަވެސް ގްރޭޑް 10 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދެވޭނަމަ ގެންދިއުމަށް އެދިވަޑައިގެން ފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ފުރަބަންދު އިއުލާން ކުރުމާއެކު ޓެލިކިލާސްތައް ހުއްޓާލެވުނު ކަމަށާއި އެއީ ޓެލިކިލާސް އެވަގުތު ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައި ހުރި އެކި ސްޓޭޝަންތަކުން ކަމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލްތައް ހުޅުވުމުގެ ލަފާ ހޯއްދަވަމުން ގެންދަވަނީ ޓެގް ޓީމާއި އެޗްޕީއޭގެ ފަރާތުން ކަމަށާއި އަދި މިހާރު ސްކޫލްތައް ހުޅުވުމަށް އެފަރާތުން އެދިއްޖެ ކަމަށް ވާނަމަ ސްކޫލްތައް ހުޅުވައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ. އަދި އެފަދަ ނިންމުމެއް އެޗްޕީއޭއިން ނިންމާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު މުދައްރިސުންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުން ފަސްކުރެވިގެން ގޮސްފައި ވާއިރު އެކަންކަމާ ގުޅިގެން ޓާސްކް ފޯސްއާ އެކު މަޝްވަރާ ކުރެވި އެކަމަށް ވަކި ގޮތެއް ނިންމުނުހާ އަވަހަކަށް އަންގަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ކަމަނާފާނު ރަގަލުވާނެ އިސްތިއުފާ ދެއްވާފައި އަމިއްލަ ނޭއްގާނީ ކަން ތަސައްވަރު ކުރައްވައި ގެއަށްވަޑައިގެން އިންނެވީމާ! ޓަބްލެޓްތައް ސްކޫލުން ދީފައިވަނި މޮހަނަށް ދޯނިދިންގޮތައް!