ސާމްޕަލް ނުނެގި ދިގުލައިގެން ގޮސްފައިވާ ކަމަށް ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސާމަޕްލް ނެގުމުގައި ބަލާ އުސޫލުތަކާއި ގުޅޭގޮތުން "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ސާމްޕަލް ނެގުމުގައި އިސްކަން ދެނީ ދިގު މުއްދަތަށް ބޭސް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.
އޭގެ ތެރެއިން ވެސް އަލާމާތްތައް ހުރި މީހުންނަށް އިސްކަން ދޭ ކަމަށާއި ސާމްޕަލް ނެގުމަށް އައި ބަދަލާ ގުޅިގެން 72 ގަޑިއިރުގެ ޑިލޭއެއް ކުރިމަތިވެފައި ވާކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ. ނުނިމި ހުރި މަސައްކަތް ނިންމުމަށް މަސައްކަތް ކުރެވެމުންދާ ކަމަށައި މާދަމާއާ ހަމައަށް އެ މަސައްކަތްތައް ނިންމޭނެ ކަމަށް ލަފާކުރައްވާ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ގިނަ އަދަދެއްގެ ސާމްޕަލް ނަގަން ޖެހުމަކީ ދަތިކަމެއް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މިހާރު ސާމްޕަލް ނަގައި ނިމޭވަރު ވާނެ ކަމަށެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ޖުމްލަ 862 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 828 މީހުންނަށް ފަރުވާދެމުން ދާއިރު 31 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. އަދި ރާއްޖެއިން 3 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
މަބުރޫކު އެހެން ވިދާޅުވި އިރު ސާމްޕަލް ނަގަން ދަނީ ކަމަށް އެޗްޕީއޭއިން ބުނެ ނުގޮސް 5 ދުވަސް ވެފައި ތިބި މީހުން އެބަ ތިއްބެވެ. ހަމަ އެއާއެކު ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާއެއް ނުބުނެ ނުވަތަ ވީ ނުވީއެއް ނޭނގިގެން ވެރިފަރާތަށް ނާންގައި ވެސް 5 ދުވަސް ވެގެން ގޮސްފައި އެބަހުއްޓެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މީހަކު ބުނީ އޭނާގެ އާއިލާގެ 3 މީހުންގެ ސާމްޕަލް ނަގާ، އެއް ދުވަސް ފަހުން އެކަކުގެ ނަތީޖާ ނެގެޓިވް ކަމަށް ބުނި ކަމަށާއި އަދި އަނެއް 2 މީހުންގެ ނަތީޖާ ނުލިބި 5 ދުވަސް ވުމުން، މިއަދު ގުޅީމައި ކުރިން ނަތީޖާ ދެވުނު މީހާއަކީ ކާކު ކަމެއްވެސް އެޗްޕީއޭއަށް ނޭނގުނު ކަމަށާއި ނަތީޖާއެއް ނުދެވި އޮތްކަމެއްވެސް ނޭނގުނު ކަމަށް އޭނާ ބުންޏެވެ.
އިތުރު ފަރާތަކުން "ދަ ޕްރެސް" އަށް ބުނީ، އޭނާ ހުންއައިސް ސިމްޕްޓަމެޓިކް ވެގެން އެޗްޕީއޭއަށް ގުޅީމައި ސާމްޕަލް ނަގަން ދާނެ ކަމަށް ބުނި ފަހުން 5 ދުވަސް ވީ ކަމަށެވެ. އަދި މިއަދާ ހަމައަށް އައިއިރުވެސް އެޗްޕީއޭއިން އައިސްފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.
މައިމޫނަގެ ހުއްދަނެތި ތަޅުދަނޑިވެސް ހިތްލައިނުލެވޭ މުޅި އޮޑީގަ އޭނަގެ ދެފައި ބާރުތައް މުށަށް