މާފުށީ ޖަލުން ނެގި 38 ރެންޑަމް ސާމްޕަލްގެ ތެރެއިން 22 ސާމަޕްލެއް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އޭގެ ތެރެއިން މިހާތަނަށް ލިބުނު 22 ސާމްޕަލްގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށާއި، އުންމީދުު ކުރައްވަނީ ޖަލުގައި އެއްވެސް ވަރަކަށް ބަލި ނެތުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ. އެގޮތުން މާލެއިން ނެގި ރެންޑޮމް ސާމްޕަލެއް ވަނީ ޕޮޒިޓިވްވެސް ވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް 862 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 30 މީހަކު މިހާރު ވަނީ ރަނަގަޅުވެފައެވެ.