އައިޖީއެމްއެޗްގެ 20 ޑިޕާާޓްމަންޓުން އޮންލައިންކޮށް ބަލި މީހުން ބަލަން ނިންމައިފިއެވެ.
އައިޖީއެމްއެޗްުން ބުނީ، ކޮވިޑް-19އާ ގުޅިގެން އެ ހޮސްޕިޓަލުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެހިގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައި ކަމަށެވެ. އެގޮތުން އޯޕީޑީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަން ވަނީ ތައާރަފް ކުރެވިފައެވެ.
ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށާއި ގިނަ ބަލިމީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދައި ވީހާވެސް ލުއި ފަސޭހަކަމާއެކު ބަލި މީހުންނަށް ހިދުމަތް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އޮންލައިން ކްލިނިކްތަކެއް ވަނީ ގާއިމްކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އޯޕީޑީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަން ތައާރަފްކުރެވިފައިވާ ޑިޕާޓްމަންޓްތަކާ ބެހޭ.
އޮންލައިންކޮށް ޑިޕާޓްމަންޓުތަކުން ހިދުމަތް ދެވޭނެ ގޮތްތައް:
- އަންހެނުންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތުި ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 3313146 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާާޓްމަންޓުން ހިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7942403 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑިޕާާޓްމަންޓުން ހިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7291880 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ޑައިޓެޓިކްސް އެންޑް ނިއުޓްރިޝަން ޑިޕާާޓްމަންޓުން ހިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7262879 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ނާރުގެ ބަލިތަކަށް ހާއްސަ ޑިޕާާޓްމަންޓުން ހިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7260632 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7259085 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7259085 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
- އޮޕަރޭޝަން ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން 12:30 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7240683 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7259086 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7259056 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ލޮލުގެ ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7288815 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކަށީގެ ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7430807 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ދަތުގެ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7226683 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ހަމުގެ ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7317862 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7353070 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ކިޑްނީ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7269307 / 77269307އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7284872 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- އީއެންޓީ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7259106 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ފިޒިއެތެރަޕީ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އިތުރު މައުލޫމާތު ހޯދުމަށް 7924949 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
- ސްޕީޗް ތެރެޕީ ޑިޕާޓްމަންޓުން ހިދުމަތް ދެނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ. ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 7226591 އަށް އެސްއެމްއެސްއެއް ނުވަތަ ވައިބާއިން މެސެޖު ކޮށްލައިގެން ކުރިއަށް ގެންދެވޭނެއެވެ.
އައިޖީއެމްއެޗުން ބުނީ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކުން ހަމަޖެހިފައިވަނީ ވީޑިއޯ/ އޯޑިއޯ ކޯލްގެ ޒަރިއްޔާއިން ކަމަށެވެ. ޑޮކްޓާަރށް ދެއްކުަމށް އެދިފައިވާ ތަރުތީބުން ހޮސްޕިޓަލުން ބަލިމީހުންނަށް ގުޅަމުންދާނެ ކަމަށް އައިޖީޢެމއެޗުން ބުނެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ހަދަންޖެހޭ ލޭގެ ޓެސްޓުތައް ކޮންމެ ހަފްތާއެއްގެ ހޮޟަ ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް އައިޖީއެމްއެޗް ލެބޯތްރީން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.