ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ތަރައްގީ ކޮށްފައިވާ ވެކްސިންއެއް، ކާމިޔާބު ކަމާއެކު ރާމާ މަކުނުގެ ހަށިގަނޑުގައި ޓެސްޓު ކޮށްފައި ވާކަމަށް ޗައިނާގެ ސައެންސްވެރިން ވަކާލާތު ކޮށްފިއެވެ.

މިއީ ކޮވިޑް-19އިން ދިފާއުވުވުމަށް ވެކްސިންއެއް ހޯދުމަށާ، ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ ބުރަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބުނެވެއެވެ.

ކަމިޔާބު ކަމާއެކު ރާމާ މާކުނުގެ ހަށިގަނޑުގައި ޓެސްޓު ކުރި ޕައިކޯވެކްއަކީ ޗައިނާގެ ވެރިރަށް ބެއިޖީންގްގައި އޮޕަރޭޓްކުރާ ސީނޯވެކް ބައޯޓެކްގެ އުފެއްދުމެކެވެ. އިންޑިއާއަށް ހާއްސަ ރާމާ މާކުނުގައި ޓެސްޓު ކުރި ވެކްސިންގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން ޗައިނާއިން ވަނީ އިންސާނުންގެ ހަށިގަނޑުގައިވެސް ވެކްސިން ޓެސްޓު ކުރަން ފަށާފައެވެ.

ކަންމިހެން އޮތްއިރު ކުރިއަށް އޮތް ތަނުގައި ޗައިނާގައި ވެކްސިން ތަރައްގީ ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އެހެނީ ޗައިނާއިން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު މަދުވެ، ޕޭޝަންޓުންގެ އަދަދު މަދުވުމުން، ވޮލަންޓިއާ ޕޭޝަންޓުންގެ އަދަދު ދަށްވެގެންދާނެ ތީއެވެ.