ކުނބުރުދޫގައި ހުރި ބިދޭސީއެއްގެ އަތުން ގެެއްލިފައިވާ 30،000 ރުފިޔާ ހޯދައިފިއެވެ.

ފުލުހުން ބުނީ، ބިދޭސީއެއްގެ 30،000 ރުފިޔާ ގެއްލިފައިވާ މައްސަަލަ ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެއީ އދ. ކުނބުރުދޫގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އދ. މަހިބަދޫން އިންވެސްޓިގޭޝަން ތީމެއް ކުނބުރުދޫއަށް ވަނީ ގޮސްފައެވެ. އަދި ފުލުހުން ކުރި މަސައްކަތުން ގެއްލުނު 30،000 ރުފިޔާ ވަނީ ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.