މި ޒަމާނުގައި މޯބައިލް ފޯނުން ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ. ކުރިން މީހުން ގެންގުޅުނީ "ޕޭޖަރެވެ" އެއީވެސް ޒަމާނެކެވެ. އޭރު ޕޭޖަރު މަޝްހޫރުވީ އޭރަށް ބަލާފައި އޭގެއިން ކުރެވޭ ބޭނުންތައް ގިނަވަމުންނެވެ. މިއަދު ޒަމާން ބަދަލުވެ ޕޭޖަރު މިވަނީ މޯބައިލް ފޯނަށް ބަދަލުވެފައޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ.

ނަމާދު ވަގުތަކަށް ހާއްސަ އެޕްލިކޭޝަނެއް ގުރުއާން ކިޔެވުމަށް ހާއްސަ އެޕްލިކޭޝަނެއް ހަބަރު ކިޔާލުމަށް ވަކި އެޕްލިކޭޝަނެއް، މިހެން ގޮސް ފޯނުގައި އެޕްލިކޭޝަން ތަކަށް އެތައް ޕޭޖުތަކެއް އޮވެއެވެ. އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދިއުމަކީވެސް ދަތި ކަމެކެވެ. ސަބަބުތައްވެސް އެބަހުއްޓެވެ. ނަމަވެސް އެންމެ މުހިއްމު ސަބަބަކީ އެޕްލިކޭޝަންތައް ގިނަ ކަމުން ދެން ވަންނަން ބޭނުންވާ އެޕްލިކޭޝަން ފަސޭހައިން ނުފެނުމެވެ.

ދިރާގުން މިފަހަރު މިވަނީ އެފަދަ ކަންކަމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފައެވެ. އެއީ "ނައުއެމްވީ"އެވެ. ނައުއެމްވީ" އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް މިވަނީ ގާއިމްކޮށްފައެވެ. ދެން އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ވަދެ ނިކުމެ ހަދާކަށް ނުޖެހޭނެއެވެ. އެންމެ އެޕްލިކޭޝަނަކުން ބޭނުންވާ ގިނަ ކަންކަން ވާނެއެވެ.

މި އެޕް މިހާރު އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އާއްމު ގޮތެއްގައި މޯބައިލް ކުންފުނިތަކުން ވެސް ފަރުމާ ކުރާ މިފަދަ އެޕްލިކޭޝަންތައް ބޭނުން ކުރެވޭނީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށެވެ. ނަމަވެސް މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހެނޭއެނެވެ.

ނައު އެމްވީގެ މުހިއްމު ފީޗާސްތައް:

  • ނަމާދު ގަޑިތައް މާލެއާ ރާއްޖޭގެ އެހެން ރަށްރަށުގެ ވަގުތުތައް ބަލާލެވުން
  • ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން
  • ރޯދަ ހިފޭ ވަރު ޓްރެކް ކުރުން
  • މީރު ކާއެއްޗެހީގެ ރެސިޕީތައް
  • ޑެލިވާ ކޮށްދޭ ރެސްޓޯރަންޓް ތަކުގެ މެނޫތައް
  • ފިޓްނަސް ވީޑިއޯ ކްލިޕްސް
  • މަޝްހޫރު އޮންލައިން މަޖައްލާތައް
  • މޫސުން
  • ދަތުރު ފަތުރު
  • އިވެންޓުތަކާއި ބެހޭ މައުލޫމާތު

ދިރާގުން މަސައްކަތް ކުރަނީ ކުރިޔަށް އޮތް ތަނުގައި އެ އެޕްލިކޭޝަނަށް އިތުރު ފީޗާސްތައް ތައާރަފުކޮށް ކަސްޓަމަރުން އިތުރަށް ގަޔާވާ އެޕްލިކޭޝަނަށް އެ އެޕްލިކޭޝަން ހެދުމަށެވެ.