ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުން 212 އަށް ވުރެ ގިނަ ގައުމާ ސަރަހައްދުން 4013896 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެންމެ ގިނަ ކޭސްތައް ރެކޯޑްކޮށްފައިވާ ގައުމުތައް
- އެމެރިކާ: 1321785 ޖުމުލަ ކޭސް | 1019567 އެކްޓިވް ކޭސް
- ސްޕެއިން: 260117 ޖުމުލަ ކޭސް | 65410 އެކްޓިވް ކޭސް
- އިޓަލީވިލާތް: 217185 ޖުމުލަ ކޭސް | 87961 އެކްޓިވް ކޭސް
- އިނގިރޭސިވިލާތް: 211364 ޖުމުލަ ކޭސް | 179779 އެކްޓިވް ކޭސް
- ރަޝިޔާ: 187859 ޖުމުލަ ކޭސް | 159528 އެކްޓިވް ކޭސް
އެކްޓިވް ކޭހުގެ ގޮތުގައި 2.3 މިލިއަނަށްވުރެ ގިނަ ކޭސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑްކޮށްފައިވާއިރު މީގެ ތެރެއިން 48699 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު 1661647 އަށް ވަނީ އަރާފައެވެ. މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑްކޮށްފައިވަމީ އެމެރިކާއިންނެވެ.
މަރުގެ ކޭސް އެންމެ ގިނައިން ރިޕޯޓްކުރި ގައުމުތައް
- އެމެރިކާ: 78615 މަރު
- އިނގިރޭސިވިލާތް: 31241 މަރު
- އިޓަލީވިލާތް: 30201 މަރު
- ސްޕެއިން: 26299 މަރު
- ފަރަންސޭސިވިލާތް: 26230 މަރު
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފުރަތަމަ ފެންނަން ފެށި ކޮވިޑް-19އަށް ދުނިޔޭގެ އެކި ހިސާބުތަކުން 4 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.