ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދާ، ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދުމަށް ފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވި ފައިވާ ކަމަށާއި މީގެ އިތުރުން، ފިހާރައިގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަން ވެސް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެގޮތަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް19 މާލެއިން ފެނިފައިވުމާއި ގުޅިގެން އާންމުން ބޭނުންވާ ތަކެތި ގަތުމަށްޓަކައި ފުލުހުން ގެންދަނީ ހާއްސަ ހުއްދައެއް ދޫކުރަމުންނެވެ. އަދި ބައެއް ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައި ވެއެވެ. ނަމަވެސް އެ ފިހާރަތައް ބަންދު ކޮށްފައި ހުންނަ ވާހަކަތައް އާއްމުން އަންނަނީ ދައްކަމުންނެވެ.

މާލެ ޒޯންތަކަކަށް ބަހާލައިގެން އާންމުންނަށް ފިހާރަތަކަށް ދެވޭ ގޮތަށް ހަދާފައި އޮތް ނަމަވެސް، ގިނަ ފިހާރަތައް ހުންނަނީ ބަންދު ކޮށްފައެވެ. ނުވަތަ ހުޅުވާފައި ހުންނަ ފިހާރައެއްގައިވެސް ބޭނުންވާ ތަކެތި ނުހުރުމާއި، ބައެއް ފިހާރަތަކަށް ވިޔަފާރި ކުރަން ދާ މީހާ ނުވެއްދުމާއި، ފިހާރައަށް ދިއުމުގެ ކުދިން ގަންނަން ބޭނުންވާ ތަކެތި ވައިބާ ކުރުވުމާއި، ވައިބާ ލިސްޓަށް ފިހާރައިން ލިބެން ހުންނަ އައިޓަމްތައް މަދުވުން ފަދަ ކިތަންމެ މައްސަލަތަކެއް ދަނީ ފާހަގަ ވަމުންނެވެ.