ކޮވިޑް-189 ގެ ސަބަބުން ލޮކްޑައުން ހާލަަތަށް ގޮސް ހާލުގައި ޖެހިފައިވާ އާއިލާތަަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މަމްސް އެންޖީއޯގެ ޑެލިވަރީ ހިދުމަތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވެވަޑައިގެންފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ އާއިލާތަަކަށް މަމްސް އެންޖީއޯ އިން އިސްނަގައިގެން ފޯރުކޮށްދެމުންދާ އެހީ ޕެކޭޖްތައް ޑެލިވަރީ ކުރުމުގައި ބައިވެރިވުަމކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ހާލަތުގައި މުޖުތަމައުއަށް އެހިތެރިކަން ފޯރުކޮށްދިނުމުގައި އެންޖީއޯ ތަކަކީ އިސްރޯލެއް އަދާ ކުރާ ބައެއްކަން ވެސް މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

"މަމްސް އޮފަރިންގ މަމްސް ސަޕޯޓް" މޮމްސް އެންޖީއޯއަކީ އެހީބޭނުންވާ މައިންނާއި އާއިލާތަކަށް އެހީވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. ޖަމިއްޔާގައި ގިނަ މައިންތަކެއް ދަނީ ބައިވެރިވެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެމުންނެވެ.

ކޯވިޑް 19ގެ މި ހާލަތާއި ގުޅިގެންވެސް މޮމްސް އެންޖީއޯއިން ވަނީ މައިންނާއި އާއިލާތަކަށް އެހީވުމަށް ވަރަށް މުހިންމު މަސައްކަތެއް ކޮށްފައެވެ. މަމްސް އެންޖީއޯއިން ވަނީ މި ހަލަތުގައި އެހީ ބޭނުންވާ މައިންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "އެހީ ޕެކް" ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތުގައި މަމްސް އެންޖީއޯ އާއި އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެހީ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ޖަމިއްޔާއިން އެހީ ޕެކްތައް ތައްޔާރުކުރުމަށްފަހު ފޮޓޯ ޝާއިއުކުރުމުން އާންމުންގެ ތެރެއިން ގިނަ ބަޔަކު އނަަންނަި އެފަރާތަތަަކށް އެ ފެކް ބޭނުންވެގެން ރިކުއެސްޓު ކުރަމުންނެވެ. އެ ގްރޫޕަށް މިހާތަނަށް އެހީ ބޭނުންވާ 100 އަށް ވުރެ ގިނަ އާއިލާ ވަނީ ދެނެގަނެވިފައެވެ. މީގެތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި ތިބި މީހުން ހިމެނެއެވެ. އަދި އެ ޖަމިއްޔާއިން ދަނީ އެފަރާތަތަކަކީ މި ވަގުތު އެހީ ބޭނުންވާ ފަރާތަތަކެއް ތޯ ބަލާ ޔަގީން ކުރަމުންނެވެ.

މަމްސް އެނޖީއޯއިން ވަނީ މިނިސްޓަރު މަހްލޫފާ އެކު ޑެލިވަރީގައި މަސައްކަތް ކުރައްވާ ފަރާތަތްކަށް ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.

އެފަދަ އާއިލާތަކަށް މަމްސް އެންޖީއޯއިން އެހީވަނީ "ހަދިޔާ ޕެކް" ފޮނުވައިގެންނެވެ. މި ޕެކްތަކުގައި ހިމެނެނީ ކެއިން ބުއިމަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި، ތުއްތުކުދިންގެ ކާނާއާއި، ކުޑަކުދިންނާއި ބޮޑެތިމީހުން ސާފުތާހިރުވުމަށް ބޭނުންވާ ސާމާނެވެ.