ކޮވިޑް19 ގެ ކާރިސާއިން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާއަށް އޮތީ ސަރުކާރާ އެކުގައި އެކަމަށް އެ ޖަމިއްޔާތަކުން ބުނެފިއެއެވެ.

އެ ޖަމިއްޔާއިންތަކުން ބުނީ މިދިޔަ މާޗު މަހުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ހަރަކާތްތެރިވާ ޖަމިއްޔާތައް ކަމުގައިވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯއާ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)އާއި ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އާއި ޑައިވާސް އެސޯސިއޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޑޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ދަނީ އެކުގައި ކޮލޮބޮރޭޓިވް މަސައްކަތްތަކެއް ކުރަމުންނެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން މީރާގެ ޓެކްސް ކޮމިޝަނަރާއި ވެސް އެ ޖަމިއްޔާތަކުން ވަނީ ބައްދަލުކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާތަކުން ސަރުކާރާ މަޝްވަރާ ކުރުމުގެ ތެރެއިން

އެ ބައްދަލުކުރުން ތަކުގައި މަޝްވަރާ ކޮށްފައިވާ ކަންކަމުގެ އަލީގައި ސަރުކާރުން މިވަގުތައް ނެރެދެއްވާފައިވާ މޮރޮޓޯރިއަމް އާއި ރިލީފް ލޯން ތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި، އެހެންނަމަވެސް މި ރިލީފް ލޯން ތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓްތައް ބަދަލު ކުރުން ރަނގަޅު ކަމަށް ޓޫރިޒަަމް އިންޑަސްޓްރީ ޖަމިއްޔާތަކުން ދެކޭ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. އަދި ލޯނުތައް އަވަހަށް ލިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއެވެ.

ސަރުކާރުން ރާއްޖެ ހުޅުވާލުމަށް ޖުލައި މަހު ނުވަތަ ޖޫން މަހުގެ ފަހުކޮޅު ރޭވިޔަސް މިހާރެކޭ އެއްފަދައިން އެކުގައި މަސައްކަތް ކުރުމަށް ހުރިހާ އެސޯސިއޭޝަންތައް އޮތީ ތައްޔާރަށް ކަމަށާއި އެގޮތުން މިހާރުގެ ހާލަތު ދިރާސާކޮށް އެނަލައިޒްކޮށް ކޮންމެ ދުވަހަކުވެސް އިންޑަސްޓްރީ ބައްދަލުވުންތަކާއި މަޝްވަތާތައް ޑިޖިޓަލްކޮށް ކުރިއަށް ގެންދާ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. އެކަމަކީ ވަކި ފަންތިއެއް ގިންތިއެއް ތަފާތުވާ ކަމަކަށް ނުވާ ހިނދު މުޅި އިންޑަސްޓްރީ އެއްކޮށް މަސައްކަަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެޖަމިއްޔާތަކުން ބުނެއެވެ.

ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާތަކުން ބާއްވާ އޮންލައިން މަޝްވަރާތަކުގެ ތެރެއިން

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދީ ހުރިހާ ކަމަކާ ގުޅިފައިވާ ދާއިރާއަކަށް ވާއިރު އެކަމުން އަރައި ގަނެވޭނީ އެންމެން އެކުވެރިކަމާ އެކުގައި މަޝްވަރާކޮއް "ޕްރިކޯޝަނަރީ މެޝާސް"އާއި އެކު އެ ސިނާއަތް ހުޅުވާލެވިގެން ބޭރު ގައުމުތަކުން މީހުން އަންނަން ފެށުމުންކަން އެ ޖަމިއްޔާތަކުން ބުނެއެވެ.

ކޮވިޑް19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ޕެކޭޖުތައް ރަނގަޅު ކަމަށްބުނެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބުނިއިރު ކޮވިޑް19އާ ގުޅިގެން ދިމާވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ރިލީފް ޕެކޭޖު ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާ މަޝްވަރާ ނުކޮށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.