މެލޭޝިޔާގެ ކުންފުންޏަަކުން ރާއްޖެއަށް 60،000 ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބަގް ހޯލްޑިންގްސްގެ ފަރާތުން 60،000 މާސްކް ރާއްޖޭގެ ސަރުކާރާއި ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މާސްކުތަކާއި ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.

ރާއްޖެއަށް ހަދިޔާ ކުރި މި 60،000 މާސްކަަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހަދިޔާކުރި މާސްކްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ މުޅި ދުނިޔެ އެކަތިގަނޑަކަށް ވެ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ވަގުތެއްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މާސްކުތައް ހަވާލުކުރުމަށްފަހު ލިންބަގް ހޯލްޑިންގްސްގެ ފައުންޑާ ވިދާޅުވެފައި ވަނީ ރާއްޖެއަކީ ރީތި ގައުމެއް ކަމަށާއި ދިވެހިންނަކީވެސް ހިތްހެޔޮ ބައެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ މިހާލަތުން އަރައިގަތުމަށް ރާއްޖެއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް އޭނާ ވަނީ ތައުރީފް ކުރައްވާފައެވެ.

މެލޭޝިއާގެ ލިންބަގް ހޯލްޑިންގްސް އަކީ، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމުގެ ގާތް ބައެކެވެ.