ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެއެވެ.

އަމީނާ އަވަހާވަރަ ވީ މިއަދު ހެނދުނެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 85 އަހަރެވެ.

އަމީނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރައީސް ކަން ކުރެއްވި ރައީސް މުހައްމަދު އަމީނާއި ފާތިމަތު ސައީދަށް ލިބިވަޑައިގެންނެވި 3 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި އަމީން ދީދީގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ފަހު ބޭފުޅަކީވެސް އަމީނާއެވެ.

އަމީނާ އަވަހާރަވި އިރު، އެކަމަނާގެ ފިރިކަލުންނާއި 4 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވެ. އަމީނާގެ 4 ބޭފުޅުންނަކީ އިބްރާހިމް ފައިސަލް، އަމީން ފައިސަލް، ފަރަހަނާޒް ފައިސަލް އަދި ސުވޭކާރު އަބްދުލްހަމީދެވެ.

މިއަދު ހެނދުނު އަމީނާ އަވަހާރަވީ އިރު އެކަމަނާ އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.