ބޯޓެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް އިން އެހީތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ ލ. ވަޑިނޮޅު ކަނޑުން ފަސް މީހުންނާ އެކު ދަތުރު ކުރަމުންދާ ބޯޓެއް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:45 އެހައިކަންހާއިރު ކަމަށެވެ. އެ ބޯޓުގައި ތިބި އެންމެންނަކީވެސް ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓަށް އެހީތެރިވުމަށް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓަކީ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ބޯޓެކެވެ.

މި ދުވަސްވަރަކީ ކަނޑުދަގަ ދުވަސްވަރަކަށް ވުމުން ދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް އެމްއެންޑީއެފާއި ޑިޒާޒްސްޓާ މެނޭޖްމެންޓުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.