ކޮވިޑާ ގުޅިގެން ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތުގައި، ހާލުގައި ޖެހޭ ފަރާތްތަކުގެ ތެރެއިން، ކުލީގެ މައްސަލައިގައި ގެއިން ނެރުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ލ. މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" އަކީ، ކުއްޔާ ގުޅުން ހުރި މައްސަލަތަކުގައި ގެއިން ނެރޭ ނަމަ އެކަމަށް ހައްލު ހޯދައިދިނުމަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ބުނާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން މީހަކު ބޭރެއް ނުކުރެވޭނެއެވެ. ނުވަތަ ބޭރު ކޮށްގެން ނުވާނެއެވެ.
އަދި ކޮވިޑްގެ ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށްވެސް އެ ބިލުގައިވެއެވެ.
ހަމަ އެހެންމެ، ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށް ވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކި ވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެކަމަށްވެސް ބިލުގައި ވެއެވެ.
ސައީދު މިއަދު ހުޑަހެޅުއްވި ބިލަށް މަޝްވަރާ ކުރުމަށް، ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުލީގެ މައްސަލަތަކާ ގުޅިގެން މަޖިލީހަށް މި ބިލު ހުށަހެޅި އިރު، ރާއްޖެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގައި މާލެ ސަރަހައްދުން ގިނަ ބަޔަކު ތަފާތު އެކިއެކި މައްސަލަތަކުގައި ގެއިން ނެރެލާފައި ވެއެވެ. އެންއީއޯސީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް 171 ފަރާތަަކަށް ޖެންޑާ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
މާލެ ސަރަހައްދުގައި ބޯހިޔާ ވަހިކަމުގެ މައްސަަލައަކީ ރައީސް މައުމޫނުގެ ސަރުކާރުން ސުރެ ހައްލު ނުވެ އޮތް ބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ.
ގެ ކުއްޔަށް ދީފަ މި ދިރިއުޅެނީ ބޭސްފަރުވާއަށް ކޮލަންބޯ ގަ، ކިނިނެއް ކުލި ނުލިބެންޔާ މިތާ ބޭސްކުރާނީ، ކުދިންގޮވައިގެން ދިރިއުޅޭނީ، ހާލުގަޖެހޭ މީހުންނަށް އެހީވާން ރާއްޖޭގަ ރިސޯޓުތަކުން މިއޮއްހުރިހާ ދުވަހު ފައިދާނެގި މަހުޖަނުންނާއި ސަރުކާރުން އެހީވާން ޖެހޭ. ކުލިމިހާރުވެސް ކުޑަކޮއްފިން މިކަމާގުޅިގެން، ދެން ކުޑަ ކޮއްފިއްޔާ އަހަރުމެންނާއި ކުދިން ބަނޑަށް ޖެހޭނީ. ކާކުބާ އޭރުން ޒިންމާނަގާނީ. ގާނޫނުންތަ؟
ދެން ތީގައި އުފެދޭ ސުވާލަކީ އެެއާރޕޯޓް ހުޅުވުނީމަ ކުލީގެ ބާކީ ނުދައްކައި ތަން ހުސްކޮއްލާފައި ގޮއްސިޔާ ގޭގެ ވެރިމީހާއަށް ސަރުކާރުން ކުލި ގޯދައި ދެވޭނެ ތޯ؟ މިހެން މިބުނަން ޖެހުނީ ގިނަ މީހުންނަކީ އަދިވެސް ގެ ހަދަން ނެގި ލޯނު ދައްކައި ނުނިމޭ މީހުން.
ކުއްޔަށްއުޅޭ މީހުން ގިނަވީސަބަބުވެސް ވިސްނާލަންޖެހޭ! ރާއްޖޭގެ އިކޮނޮމީ ބިނާވެފައިވަނީ މުސްކުޅިބޯދާޚިޔާލުގެ މައްޗަށް ކަމީ ރާއްޖެތެރޭ ރައްޔިތުންނަށް ވަރަށް ރަގަޅަށް އެގޭކަމެއް. ރައީސް މައުމޫނާއި މަޜްހޫމް ރައީސް އިބްރާހިމްނާސިރު ވެރިކަން ޙަވާލުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ދުނިޔެދޫކުރައްވައި ތިއްބެވި 78 ކުރީގެ ސަރުކާރުގައްޔާއި ރައީސް މައުމޫނުގެ ސަރުކާރުގައިވެސް ދިގުމުއްދަތެއްގައި ވަޒީރުންގެ ފެންވަރުގައި މަސައްކަތްކުރެއްވި މަރްޙޫމުން ދެއްވި ލަފާޔަކީ ފެންނަނީ ދިޔަދޮވީގެ އެއްކޮޅުންކަމަށް. އެހެންވީމާ ދިޔަދޮވީގެ އެއްކޮޅުންނެގިފެނަކީ އިކޮނޮމީ މާލޭގައި ދަމަހައްޓައި ރާއްޖެތެރި މާލެއަށް ޖިޒީދައްކައިގެން އުޅުން. އެކަން އެކިޒަމާނާއެއްގޮތަށް ބައްޓަވަމުން އައިސް ރާއްޖެތެރޭގެ ފިރިހެނުން ހިޖުރަވާންފެށީ މާލެއަށް. މަސައްކަތްކޮށްގެން ޢާމްދަނީ ހޯދުމަށް. އަހަރަކު އެއްފަހަރު ރަށަށް ދިވެނީ 20ދުވަހަށް. ދެންހުޅުވީ ދަފްތަރު އެމީހުން މާލޭގައި ރެޖިސްޓްރީކުރަން. ދަފުތަރު އުޅެނީ ކުލިދައްކައިގެން. ދަފްތަރުގެ އާބާދީ ބައްލަވާ. ބައެއްމީހުން ބިންގަނެ މާލޭމީހުނަށްވީ. މަދުމީހުންކޮޅެއް. 10ބުރީގެ އިމާރާތްތަކުގެ ވެރިއަތަކު ނެތްބާރެއް ބިލްޑިންތައްހުރީ އެކިއެކިކުންފުނި ތަކުގައި ޕަވަރއޮފްއެޓާރނީލިބިގެން ބަންދުވެފަ. ލޯނުނުދެއްކޭ އިމާރާތުގެ އެކިދިމާތަކުން ރެނދުލާއިރުވެސް. މިއީޙާލަތު. ބެންކުން ބައެއް ޢިމާރާތްތައް ނެގިފައިވެސް އެބަހުރި. މިކަންތައް އެގޭނީ ވޭތުވެދިޔަ 40 އަކަށް އަހަރު މާލެފެނިދަންނަމީހުނަށް. މަވެސް ކުއްޔަށް އުޅެނީ 2ރޫމް އެޕާރޓްމެންޓެކޯ ކިޔަނީ. ރޫމެއްގައި ބެޑްރޫމްސެޓްވެސް ނެއެތުރޭ. 18000 ރުފިޔާދެން ކުއްޔަށް. ވައިގޮޅިވެސް ހުރޭ ނޭވާނުލެވޭ. އެހެންނަމަވެސް 30އަކަށް އަހަރު ރިސޯޓްގައި އުޅުނީ އެތަންމިތަނަށް ކުލިދީގެން. އަދިވެސް މިއުޅެނީ. ކުލިންއެއްޗެއް އުނިކޮށްދޭތޯ ވެރިމީހ'ާ އަކަށް ބާރެއްނެތް. ކުންފުނިންބުނީ 2000 އެންހާ ރުފިޔާ ކެނޑިދާނެޔޯ. ވެރިމީހާބުނީ ގެމިނިވަންވާނީ އަދިވެސް އެމީހުނަށް ހަތްމިލިއަން ރުފިޔާދިނީމަޔޯ. އެމީހާ އުޅެނީ ގޭގެ އެއް އެޕާރޓްމަންޓުގައި. ގެހުރީ 7 ބުރިޔަށް. ޙާލަތަކީ މިއީ. ސާރޥޭއެއްކޮށްލާ ކިތަކެއްގެ މިހެންހުރިތޯ! މިހާދިގުކޮށް މިވާހަކަ ލިޔެލަން ޖެހުނީމާ ހިތަށްއެރީ މިޚަބަރަށް މަގޭ ކޮމަންޓް މާދިގޭވެސް. އެކަމަކު މައުލޫމާތު ޙިއްސާކޮށްލަންވެގެން. ޝުކުރިއްޔާ
ސަޢީދު! ތިއީކިތަންމެހާވެސް ރަގަޅު ބިލެއް! އެކަމަކު ކިހިނެއްތޯ އެހެން ބާތިއްބަނީ ބެންކް ލޯނު ދައްކަން ޖެހެނީ 6މަސް ފަހުން ދައްކަމުން ދާ އަދަދަށް ދެ ގުނަ އިތުރު ކޮށްގެން. މިހާރު މެމްބަރު އީސަގެ އަޑުއަހަރުމެން މިއަހަނީ! އޭނާ ބުނީ ރަށަށް ދާށޭ! އަހަރުމުން ނިއްމީ ދާން. ވަރަށް ބައިވަރުމީހުން އެބަތިބި ދާން. އެގޮތުން ދިޔައިމާ ގާތްގަޑަކަށް ދަފުތަރު އުވިގެންދާނެ. މާލޭގެ އާބާދީ ވެއްޓޭނެ ގާތްގަޑަކަށް 22 ބާވީހަކަށް ހާހަށްވަރު. 10 ބުރި އިމާރާތްތައް ބެންކަށް ނެގެމުން ދާތަން ފެންނާނީ. މާލޭގެ އަސްލު އުފަން މީހުންގެ އަދަދު ބިނާވާނީ ބާވީހަކަށް ހާސްވަރު ގިނައެއްނުވާނެ. އެހެންވީމާ މަޖިލީހުގެ ފާޑުފާޑު މާލެ މާލޭގެ ގޮޑިތައް އުނިވާނެ. ހުޅުހެންވޭރު އުތުރުދެކުނު އިރު ހުޅަގު މިހެން ކިޔާ ތިބި އުފައްދާފައި ހުރި ގޮޑިތަކުގެ ފައި ބިންދައިގެން ދާނީ. ތި ބިލް ވާނީ ބިލާހަކަށް. މާލެ މާލެ ކުލި ކުލި .
ވަރަށް ރަގަޅު... %50 އަށް ވުރެން ބޮޑަށް ދެއްކެންޔާ ދައްކަން ޖެހޭނެ، ވަޒީފާ އެއް ނެތް، ވަޒީފާ ގެއްލިއްޖެ ދެން ކުލި ނުލިބެންޔާ ކިހިނެތް ހަރަދުބަލަހައްޓާނީ...