އިތުރު 5 ދިވެހިންނާއި 3 ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއާާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 527 އަށް އަރާފައި ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.

މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދު 5 އަށް އަރާފައި ވާއިރު، މިހާތަނަށް ޕޮޒިޓިވް ވި 527 މީހުންގެ ތެރެއިން 183 މީހުންނަކީ ދިވެހިންނެވެ. 344 މީހުންނަކީ ބިދޭސީންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ހުކުރު ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެކެވެ.

ހުކުރު ދުވަހު އެކަނިވެސް 191 މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.