މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އިން އއ. ހިމަންދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއު ފުރިހަމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އަމަލީ ގޮތުން ފަށާފައި ވަނީ މިދިޔަ އަހަރު މާޗްމަހުގައި ކަމަށެވެ. މި ބަނދަރަކީ 28030 އަކަފޫޓު ދިގު އަދި 372 އަކަފޫޓުގެ ފުޅާ މި ބަނދަރެއް ކަމަށާއި، މި ބަނދަރު ނިންމާލާފައިވާއިރު 405 މީޓަރުގެ ބޭރުތޮއްޓަކާއި، 141 މީޓަރުގެ ރިވެޓްމެންޓެއް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ތެރޭގައި ބަނދަރު ފުންކޮށް، ބޭރުތޮށި ހަދައި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ނިންމާފައިވާއިރު މި ބަނދަރު ހެދުމުގެ މަސައްކަތައް 47.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމައް އެމްޓީސީސީން ބުނެއެވެ.

މިދިޔަ އަހަރު މާޗްމަހު މި ބަންދަރު ހެދުމުގެ މިނިސްޓްރީ އިފް މަޝްރޫއު ނެޝަނަލް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ވަނީ، 13 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާފައެވެ. އެގޮތުން މި މަޝްރޫއު ފުރިހަމަކޮށްގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.