ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ދަމަހައްޓައި ފުލުހުންނާއި މީޑިއާއާ އޮތް ގުޅުން ކުރިއަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސީޕީ ހަމީދު މީޑިއާތަަކަށް ދެއްވި މެސެޖުގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ދަމަހައްޓަައި ފުލުހުންނާއި މީޑިއާއާ އޮތް ގުޅުން ކުރިއަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ސުލްހަމަސަލަސްކަމާއި އަދުލު އިންސާފާއި އިންސާނީ ހައްގުތައް ދަމަހައްޓަން ނޫސްވެރިކަމުގެ މިނިވަންކަން އޮތުން މުހިންމު ކަމެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި ނޫސްވެރިން ގައުމަށްޓަކައި ކުރަމުންދާ ހިދުމަތަަށް ޝުކުރާއި އިހްތިރާމު އަދާކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އެގޮތުން މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވަނީ “ޖާނަލިޒަމް ވިތްއައުޓް ފިއާ އޯ ފޭވާ” ނުވަތަ “ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން” މިއެވެ.