ކޮވިޑް-19 ޖެހުނު މީހަކު ރަނގަޅުވެ ޖުމްލަ 18 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިރޭ ބުނީ ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 80 ކަމަަށެވެ. އޭނާ އަކީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑުން ރަނގަޅުވި ފުރަތަމަ މީހާވެސް މެއެވެ.
އޭނާ ޕޮޒިޓިވް ކަން އެނގިފައިވަނީ ހުސްވި އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ބީއެންސީ ކްލަސްޓާއަށް ނިސްބަތްވާ އެ އަންހެން މީހާ ރަނގަޅު ވި އިރު އެ ކްލަސްޓާގައި އިތުރު 3 މީހަކު އަދި ރަނގަޅު ނުވެ އެބަތިއްބެއެވެ. ބީއެންސީ ކްލަސްޓާގައި ދެން ހިމެނެނީ 2 އަހަރުގެ ފިރިހެން ކުޑަކުއްޖަކާއި 29 އަހަރުގެ އަންހެނެއްގެ އިތުރުން 28 އަަހރުގެ ފިރިހެނެކެވެ.
ރާޢްޖޭގައި ކޮވީދް ފެތުރި ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރު ވަމުން އައިސް މިއަދުވެސް ވަނީ 21 މީހަކު ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް އަރާފައި ވާއިރު، މިހާތަނަށް ޕޮޒިޓިވް ވި 519 މީހުންގެ ތެރެއިން 176 މީހުންނަކީ ދިވެހިންނެވެ. 343 މީހުންނަކީ ބިދޭސީންނެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ހުކުރު ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެކެވެ.
މިއަދު ކޮވިޑުން ރަނގަޅުވި ކަމަށް އިއުލާނު ކުރި މީހާ ހުރީ އައިސޮލޭޝަންގައި ބަހައްޓާފައެވެ.
ހުކުރު ދުވަހު އެކަނިވެސް 191 މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ.
ވަރަށް އުފާވޭ އިންސާނެއްގެ އެނބުރި އައުމުން. ޝިފާއެއް ފެނިފައިނުވާ ވެކްސިނެއް ފެނިފައިނުވާ ބަލިން މީހުން ސާލާމަތް ކުރުމަށް ޓަކައި ކެނޑިނޭޅި ދިވެހިޑޮކްޓަރުން ޢާއިލާއިން އެކަހެރިވެ ތިއްބަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިންތިހާޔަށް ޝުކުރުދަންނަވަން. ދިވެހި ޑޮކްޓަރުންނަށް ހިތްވަރާއި ކާމިޔާބު މިންވަރު ކުރައްވާށި.